navLogo

ޓްރަންޕްގެ ސަރުކާރުން އިސްރާއީލަށް 6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

ޓްރަންޕްގެ ސަރުކާރުން އިސްރާއީލަށް 6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
redhan online
މަރިޔަމް

އެމެރިކާގެ ރަޢިސް ޑޮނަލްޑް ޓަރްންޕްގެ ސަރުކާރުން ނިރުބަވެރި އިސްރާއީލު ސަރުކާރަށް 6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ހަތިޔާރު ވިއްކުމަށް އެ ގައުމުގެ ކޮންގްރެސްގެ ރުހުން ހޯދަމުންދާ ކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ރިޕޯޓު ކޮށްފައެވެ.

އެ ގައުމަށް ވިއްކުމަށް ރާވާފައިވާ މި ހަތިޔާރު ޕެކޭޖުގެ ތެރޭގައި އިސްރާއީލުގެ ސިފައިންނަށް 30 އޭއެޗް-64 އަޕާޗީ އެޓޭކް ހެލިކޮޕްޓަރުގެ 3.8 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާއި 3،250 އިންފެންޓްރީ އެސޯލްޓް ވެހިކަލް އަށް 1.9 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހިމެނޭ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން "އާމަރޑް ޕާސަނަލް ކެރިއަރސް" އާއި ހަކަތަ ބޭނުންވާ ތަކައްޗަށް 750 މިލިއަން ޑޮލަރުގެ ބައިތައް ވެސް ވިއްކުމުގެ މަރުހަލާގައި ކުރިއަށް ދާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވެއެވެ.

7 އޮކްޓޯބަރ 2023 ގައި. އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ގިނަ ގައުމުތަކުން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލައިފައެވެ. މީގެ ތެރޭގައި އިޓަލީ، ޖަޕާން، ސްޕެއިން، ކެނެޑާ، ކޮލަމްބިއާ، ނެދަލެންޑްސް އަދި ބެލްޖިއަމް ހިމެނެއެވެ.

ނަމަވެސް، ޓްރަންޕްގެ އެމެރިކާ ފާހަގަ ކުރެވިފައި ވަނީ އިސްރާއީލަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމުގެ ގޮތުގައެވެ.

2023 ވަނަ އަހަރު އިސްރާއީލަށް އެތެރެ ކުރި 69 އިންސައްތަ ހަތިޔާރަކީ އެމެރިކާއިން ގެނައި ހަތިޔާރެވެ. މިކަން ވަނީ ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) އިން ނެރުނު ބައިނަލްއަގްވާމީ ހަތިޔާރު ބަދަލުކުރުމާ ބެހޭ ރިޕޯޓެއްގައި ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލަށް ހަތިޔާރު ވިއްކުމުގެ ސަބަބުން ޓްރަންޕްގެ ސަރުކާރަށް އެހެން ގައުމުތަކުގެ ނުރުހުމާއި ފާޑު ކިޔުން އަމާޒުވި ނަމަވެސް، އެ ގައުމުން ދަނީ ހުއްޓުމެއް ނެތި އިސްރާއީލުގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭން ބޭނުން ކުރުމަށް އެ ގައުމަށް ހަތިޔާރު ވިއްކަމުންނެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356