navLogo

ސާގު ބޮނޑިބަތް

ސާގު ބޮނޑިބަތް
redhan online
މަރިޔަމް

ސާގު ބޮނޑިބަތް

ސާގަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވިގެންވާއެއްޗެކެވެ. ސާގުގާ ތައްޔާރުކުރާ ކެއުންތަކުގެ ތެރެއިން ސާގު ބޮނޑިބަތަކީފާހަގަކޮށްލެވޭ މީރު ފޮނިކާނާއެކެވެ. އީދު ދުވަހާއި ޚާއްސަ ހަފްލާތަކުގެ ސުފުރާމަތިން ޖާގަހޯދާ މިބޮނޑިބަތަކީ ގިނަ ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ކެއުމެކެވެ.

ތައްޔާރު ކުރުމަށް: 5މިނެޓް މިނެޓް

ކެއްކުމަށް: 40މިނެޓް މިނެޓް

ޖުމްލަ ވަގުތު: 45މިނެޓް މިނެޓް

ބޭނުންވާ ތަކެތި

  • 1½ ޖޯޑު ސާގު

  • 7 ޖޯޑު ފެން (ކެއްކުމަށް)

  • 3 ޖޯޑު ފެން

  • ½ ޖޯޑު ހަކުރު

  • ½ ދަޅު ގެރިކިރު

  • 1 އިންޗި ރާނބާފަތް

  • 1½ މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓަރ)

ހަދާނެގޮތް

  • ތެއްޔެއް އުދާ 7 ޖޯޑު ފެން ކައްކަން އުދާށެވެ. ފެންގަނޑުކެކެންފެށީމަ މަޑުމަޑުން ހަލުވަމުން ސާގުކޮޅު އަޅާލާށެވެ.

  • ސާގުތަކުގެ ހުދުކަން ކެނޑި ކުޑަކޮށް ސާގުފުށްތަކުގެ އެތެރެފެންނަންދެން ކައްކާލާށެވެ.

  • ސާގުތަށް ކައްކާލުމަށް ފަހު ނަގާ ދޮވެލާށެވެ. މިގޮތަށް ދޮވެލާއިރުއޮލަކަން ފިލުވާލަން ވާނެއެވެ. އަދި ރަނަގަޅަށް ހިއްކާލަން ވާނެއެވެ.

  • 3 ޖޯޑުފެނާއި ރާނބާފަތާއި ހަކުރާއި އެއްކޮށް ސާގުކޮޅުވެސް އަނެއްކާކައްކާލާށެވެ. (30 މިނެޓު ވަންދެން)

  • ފިނިފެންފޮދާއި އެކު ގެރިކިރުކޮޅުވެސް އަޅާލާށެވެ.އެއަށްފަހު މަޑުގިނީގައި 5 ވަރަކަށް މިނެޓު ބަހައްޓާލާށެވެ.

ނޯޓް

ބޭނުން ނަމަ، ފުރިހަމަ ކޮއްލުމުގެ ގޮތުން ކާކުލަ ކޮޅެއްވެސް ޖައްސާލެވިދާނެއެވެ.

ކުޑަކޮށް ހޫނުކޮށްވެސް އަދި ހިހޫ ވުމުންވެސް އިންސާފުކޮއްލެވިދާނެއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356