
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު (އޮކްޓޯބަރު) ހުޅުމާލެއިން ޖުމްލަ 520 އުޅަނދު ޓޯކޮށްފައިވާކަން ހާމަވެއްޖެއެވެ. މިއީ މާލެއާއި ހުޅުމާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނެގުނު އުޅަނދުތަކެކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި 520 އުޅަނދުގެ ތެރޭގައި 425 ދެ ފުރޮޅުލީ އުޅަނދާއި، 95 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނެއެވެ.
މިދިޔަމަހު(އޮކްޓޯބަރު)ޓޯކުރިދެފުރޮޅުލީއުޅަނދުތަކުގެތަފާސްހިސާބު:
ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން - 247 އުޅަނދު
ލައިސަންސް ނެތި ދުއްވައިގެން - 108 އުޅަނދު
ނުރައްކާތެރިކޮށް ދުއްވައިގެން - 21 އުޅަނދު
ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 18 އުޅަނދު
އެކި މައްސަލަތަކާއި ގުޅިގެން - 16 އުޅަނދު
އަސްލަށް ބަދަލު ގެނެސްގެން ދުއްވައިގެން - 10 އުޅަނދު
މަގުމައްޗަށް ދޫކޮށްލާފައި ހުރުމުން - 5 އުޅަނދު
މިދިޔަމަހު(އޮކްޓޯބަރު)ޓޯކުރިހަތަރުފުރޮޅުލީއުޅަނދުތަކުގެތަފާސްހިސާބު:
ޤަވާއިދާ ޚިލާފަށް ޕާކްކޮށްގެން - 45 އުޅަނދު
ލައިސަންސް ނެތި ދުއްވައިގެން - 108 އުޅަނދު
ނުރައްކާތެރިކޮށް ދުއްވައިގެން - 1 އުޅަނދު
ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 19 އުޅަނދު
އެކި މައްސަލަތަކާއި ގުޅިގެން - 9 އުޅަނދު
ރަޖިސްޓްރީނުކޮށް ދުއްވައިގެން - 2 އުޅަނދު
ސެޕްޓެންބަރުމަހުގެތަފާސްހިސާބު:
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ނިމިދިޔަ ސެޕްޓެންބަރު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މަހު ހުޅުމާލެއިން ޖުމްލަ 702 އުޅަނދު ޓޯ ކޮށްފައިވެއެވެ. އެގޮތުން ދެ ފުރޮޅުލީ 643 އުޅަނދާއި، ހަތަރު ފުރޮޅުލީ 59 އުޅަނދު ޓޯ ކޮށްފައިވެއެވެ.
ސެޕްޓެންބަރުމަހުޓޯކުރިދެފުރޮޅުލީއުޅަނދުތަކުގެތަފާސްހިސާބު:
ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން - 453 އުޅަނދު
ލައިސަންސް ނެތި ދުއްވައިގެން - 111 އުޅަނދު
ނުރައްކާތެރިކޮށް ދުއްވައިގެން - 33 އުޅަނދު
ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 11 އުޅަނދު
އެކި މައްސަލަތަކާއި ގުޅިގެން - 23 އުޅަނދު
އަސްލަށް ބަދަލު ގެނެސްގެން ދުއްވައިގެން - 12 އުޅަނދު
ސެޕްޓެންބަރުމަހުޓޯކުރިހަތަރުފުރޮޅުލީއުޅަނދުތަކުގެތަފާސްހިސާބު:
ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން - 2 އުޅަނދު
ލައިސަންސް ނެތި ދުއްވައިގެން - 20 އުޅަނދު
ނުރައްކާތެރިކޮށް ދުއްވައިގެން - 3 އުޅަނދު
ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 19 އުޅަނދު
އެކި މައްސަލަތަކާއި ގުޅިގެން - 15 އުޅަނދު
މާލެއިން70ސައިކަލުޓޯކޮށްފި:
މީގެ އިތުރުން، މިމަހުގެ 4 ވަނަ ދުވަހު މާލޭގެ މަގުތަކުގައި ދަތުރުފަތުރަށާއި، ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތައް ޤަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުރި 70 ސައިކަލެއް ފުލުހުން ވަނީ ޓޯކޮށްފައެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ދެ ފަރާތުގައި ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނާއި، މަގު ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. ޚާއްޞަކޮށް ޢާންމު ދަތުރުފަތުރަށް ބުރޫ އަރައެވެ.
ފުލުހުންގެއިލްތިމާސް:
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅި ކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާ ކަމަށެވެ. ފުލުހުން ވަނީ، ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅި ކަންމަތީގައި ޕާކް ކުރުމުގެ ބަދަލުގައި ޕާކް ކުރުމަށްޓަކައި ޚާއްސަ ކޮށްފައިވާ ޒޯންތަކުގައި ޕާކް ކުރުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ ފަރާތުން އެއްބާރުލުމަށް އެދިވަޑައިގެންފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެކަމުގައި ޢާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.