-1762091581794.webp)
ގްރެމީ އެވޯޑް ހޯދި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޕިޓްބުލް އޭނާގެ "އައި އޭމް ބެކް އިންޑިއާ ޓުއާ" ކެންސަލް ކޮށްފުމުން އިންޑިއާގެ ސަޕޯޓަރުންގެ ގިނަ ބަޔަކު މާޔޫސްވެއްޖެއެވެ. އެތައް އަހަރަކަށް ފަހު އިންޑިއާއަށް އެނބުރި އައުމަށް ތައްޔާރުވަމުން އައި އޭނާގެ މި ޓުއާ އިއުލާނުކުރީ ހަފުތާއެއްހާ ދުވަސް ކުރިން ކަމުގައިވާއިރު، އެކަން ވެގެން ދިޔައީ އޭނާގެ ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަކަށެވެ.
ބުކްމައިޝޯ އިން މިޑް-ޑޭ އަށް ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ގުރުގްރާމްގައި އަދި ޑިސެމްބަރު އަށް ވަނަ ދުވަހުގައި ހައިދަރުއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕިޓްބުލްގެ އައި އޭމް ބެކް ޓުއާ ކެންސަލް ކޮށްފައިވާ ކަމަށެވެ.
މި ޝޯތައް ކެންސަލްވުމާ ގުޅިގެން، ޓިކެޓް ނަގާފައިވާ ފަރާތްތަކަށް އެސްއެމްއެސް، އީމެއިލް އަދި ވަޓްސްއެޕް މެދުވެރިކޮށް އެކަން އަންގާފައިވާ ކަމަށާއި، 8-10 ދުވަހުގެ ތެރޭގައި ފުލް ރިފަންޑް ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. މިއާއެކު އެތައް ބަޔަކު ދަނީ އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
"ޓިމްބަރ"، "ފީލް ދިސް މޮމެންޓް" އަދި "އައި ނޯ ޔޫ ވޯންޓް މީ" ފަދަ ކާމިޔާބު ލަވަތަކުން މަޝްހޫރުވެފައިވާ މި ރެޕް ލަވަކިޔުންތެރިޔާ އެންމެ ފުރަތަމަ ޕާފޯމްކުރަން ހަމަޖެހިފައި އޮތީ ގުރުގްރާމްގެ ހުދާ ގްރައުންޑްގައެވެ. އަދި ދެވަނަ ޝޯ އޮތީ ހައިދަރުއާބާދުގެ ރާމޯޖީ ފިލްމް ސިޓީގައެވެ. ނަމަވެސް މި ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ ކޮންސެޓްތައް ނުބާއްވާނެ ކަމަށް އަންގާފައެވެ.