ކުޅި ބޯކިބަލަކީ ދިވެހިންގެ ކާ ސުފުރާ މައްޗަށް ވަރަށް އާންމު ހެދިކާއެކެވެ. ކުޅި ބޯކިބަލުގެ ތަފާތު އެއްތައް ރަހަތަކެއް ހުންނައިރު ކުޅި ބޯކިބާ ތައްޔާރު ކުމުގައިވެސް ތަފާތު އެތައް ގޮތްތަކެއް ގެންގުޅެއެވެ.
މިފަހަރު "ހެދިކާ" އިން މި ގެނެސްދެނީ ވަރަށް މީރު ކުޅި ބޯކިބަލުގެ ރެސިޕީއެކެވެ.
ތައްޔާރު ކުރުމަށް: 15މިނެޓް މިނެޓް
ކެއްކުމަށް: 50މިނެޓް މިނެޓް
ޖުމްލަ ވަގުތު: 1ގަޑި ގަޑި 5މިނެޓް މިނެޓް
3 ޖޯޑު ވަޅޯމަސް - ކޮށާފައި ( މަސްދަޅުވެސް ބޭނުން ކުރެވިދާނެ)
1 ޖޯޑު ކާށި ހުނި
1½ ޖޯޑު ހަނޑޫ (ފެނުއަޅާ މުގުރާފާއި)
1 މޭޒުމަތީ ސަމުސާ ގިތެޔޮމިރުސް ކުދިކޮށްކޮށާފައި
⅓ ޖޯޑު ހިކަނދި ފަތް (ކުދިކޮށް ކޮށާފައި)
1 ޖޯޑު ފިޔާ
5 ލޮނުމެދު ޗިސްކޮށްފައި ނުވަތަ ގާނާފައި
1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފަ)
1 ޖޯޑު ލުނބޯ ހުތް
½ ސައިސަމުސާ ރީނދޫ
1½ ޖޯޑު ފެން
ރަހަލާވަރަށް ލޮނު ކޮޅެއް
ލޮނުމެދު، އިނގުރު، ފިޔާ، ހިކަނދިފަތް، މިރުސް،ލުނބޯހުތް، ރީނދޫ އަދި ރަހަލާވަރަށް ލޮނުކޮޅު އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. އަދިއެއަށްފަހު މަސްކޮޅާއި ހުނިކޮޅު އަދި ހަނޑޫކޮޅާއި ފެން އަޅާ އެއްކޮށްމޮޑެލާށެވެ.
ޓްރޭއެއް ގައި މަސްގަނޑު ފަތުރާލުމަށްފަހު 180 ޑިގްރީއައް އަވަން ހޫނުކޮށްލާށެވެ. 45 މިނެޓު ވަންދެން ފިހެލާށެވެ.