navLogo

206 މަޝްރޫޢު ދިވެހި ކުންފުނިތަކަށް، މާލީ ފައިދާ ރައްޔިތުންނަށް

206 މަޝްރޫޢު ދިވެހި ކުންފުނިތަކަށް، މާލީ ފައިދާ ރައްޔިތުންނަށް
Islamic ministry
މަރިޔަމް

ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 206 މަޝްރޫޢު އަމިއްލަ ދިވެހި ކުންފުނިތަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކުރެވިފައިވަނީ ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިއީ ދިވެހި ސަރުކާރަކުން އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ތާރީޚީ ދުވަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މި މަޝްރޫޢުތަކަކީ ތަފާތު 53 އަމިއްލަ ކުންފުނިތަކަކަށް ދެވުނު މަސައްކަތްތަކެކެވެ. މި މަޝްރޫޢުތަކާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ޖުމުލަ 9 ދާއިރާއަކުން މަޝްރޫޢުތައް ހަވާލުކޮށްފައިވެއެވެ. އެއީ:

  • ތަޢުލީމީ ދާއިރާ - 31 މަޝްރޫޢު

  • ޞިއްޙީ ދާއިރާ - 30 މަޝްރޫޢު

  • ދާޚިލީ ދާއިރާ - 39 މަޝްރޫޢު

  • ތިމާވެށީގެ ދާއިރާ - 24 މަޝްރޫޢު

  • މަސްވެރިކަމުގެ ދާއިރާ - 2 މަޝްރޫޢު

  • ކުޅިވަރުގެ ދާއިރާ - 52 މަޝްރޫޢު

  • ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާ - 13 މަޝްރޫޢު

  • ދީނީ ދާއިރާ - 14 މަޝްރޫޢު

  • ޒުވާނުންގެ ދާއިރާ - 1 މަޝްރޫޢު

މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫޢުތަކާއެކު 216 މަޝްރޫޢު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ފާހަގަކުރެއްވި ގޮތުގައި މިއަދު ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.

އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ދިވެހި އެތައް ޢާއިލާއަކަށް ތަނަވަސްކަން ލިބުމުގެ މަގުފަހިވާނެކަން ރައީސް އެދުވަހުވެސް ފާހަގަކުރައްވާފައިވެއެވެ.

Rate this article

Leave a Comment

Comments (0)