navLogo

ހިތަދޫގައި ޕާސްޕޯޓު، ފޭދޫގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ހިތަދޫގައި ޕާސްޕޯޓު، ފޭދޫގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
po office
މަރިޔަމް

އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގައި ޕާސްޕޯޓު އަދި އައިޑީ ކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވެވި ޚާއްސަ ޖަލްސާއެއްގައެވެ.

މި ހިދުމަތްތައް ފެށުމުގެ ރަސްމިއްޔާތުގައި، ފޭދޫގައި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފެވެ. އަދި ފޭދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައި ދެއްވީ އިމިގްރޭޝަން ކޮންޓްރޯލަރ އަޙްމަދު ފަސީހެވެ. ހިތަދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވެސް ފައްޓަވައި ދެއްވީ އިމިގްރޭޝަން ކޮންޓްރޯލަރ ފަސީހެވެ. (މި ރަސްމިއްޔާތުގެ ތެރެއިން ނެގި ފޮޓޯއެއް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް)

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އައްޑޫ ސިޓީގައި މި ހިދުމަތްތައް ފެށުމާއެކު، އެމަނިކުފާނުގެ ވައުދުފުޅު ފުއްދުމަށް އިތުރު ފިޔަވަޅެއް ވަނީ އެޅިފައެވެ.

މި ހިދުމަތްތައް މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ ފަށާފައެވެ. މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރާއި ކާޑު ހެއްދުމުގެ ކަންކަން ފަސޭހަވެ، ރައްޔިތުންނަށް ލިބޭ ފަސޭހަތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

Rate this article

Leave a Comment

Comments (0)