navLogo

ގަބުޅި ބޯކިބާ

ގަބުޅި ބޯކިބާ
redhan online
މަރިޔަމް

ގަބުޅި ބޯކިބާ

ގަބުޅި ބޯކިބަލަކީ ޒަމާއްނުއްސުރެ  ދިވެހިންގެ ތެރޭގައި މަޤުބޫލު ފޮނި ކާއެއްޗެކެވެ. ގަބުޅީގައިތައްޔާރުކުރާ މި ބޯކިބަލަކީ އަނގަޔަށް މީރު ބޯކިބަލެކެވެ.

ތައްޔާރު ކުރުމަށް: 15މިނެޓް މިނެޓް

ކެއްކުމަށް: 45މިނެޓް މިނެޓް

ޖުމްލަ ވަގުތު: 1ގަޑި ގަޑި

ބޭނުންވާ ތަކެތި

  • 2 ޖޯޑު ގަބުޅި

  • 1½ ޖޯޑު ހަކުރު

  • 1 ޖޯޑު ފުއް

  • 2 މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓާ)

  • 3 މޭޒުމަތީ ސަމްސާ ފެން

ހަދާނެގޮތް

  • އަވަން  300ޑިގްރީއަށް ހޫނުކޮށްލާށެވެ. ބޯކިބާ ފިހަން ބޭނުންވާ ތަކެތި (ގަބުޅި ، ހަކުރު، ފުއްއަދި ފެންފޮދު) ތައްޓެއްގައި ރަނގަޅަށް އެއްކޮއްލާށެވެ.

  • ބޯކިބާ ފިހާ ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ.

  • ބޯކިބާގެ ފުއްގަނޑު އެ ޓްރޭއަށް އަޅާލާފަ، ރީއްޗަށް ފަތުރާލާށެވެ.އަވަނުގެ މެދު ހަރުގައި އެ ޓްރޭ ބަހައްޓާފަ، 45 މިނެޓްވަންދެން ފިހެލާށެވެ.

  • ބޯކިބާފިހެވުމުން ބޯކިބަލުގެ މައްޗަށް  މަޑުމުށިކުލަ އަރާނެއެވެ. ބޯކިބާ ފިހެވުމުން އަވަނުން ޓްރޭ ނަގައި މޭޒެއް މަތީ ހިހޫވަންދެން(ދިހަވަރަކަށް މިނެޓު) ބަހައްޓާލާށެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356