
ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކޮށް، ގިނަ ރަށްރަށުގެ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަޤްސަދުގައި، ތަޢުލީމީ ދާއިރާގެ 31 ބޮޑެތި މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާސެލޯ ނަސަންދުރާގައި ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ތަޢުލީމީ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އަދި މަސައްކަތް ހަވާލުކުރެވުނު އަމިއްލަ ކުންފުނިތަކުގެ އިސްވެރިންނެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްތަކުގެ ކްލާސްރޫމްތައް ތަރައްޤީކުރުމާއި، މަލްޓިޕާޕަސް ހޯލް ޤާއިމުކުރުމާއި، ސައިންސް ލެބްތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުމަށްވެސް އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތައް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް އެކަށޭނެ ތަޢުލީމީ މާހައުލެއް ޤާއިމުކޮށް، މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކުރުމެވެ.
މި މަޝްރޫޢުތަކުގައި ހިމެނޭ ބައެއް މަސައްކަތްތައް ތިރީގައި މިވަނީއެވެ.
ތަޢުލީމީދާއިރާގެމަޝްރޫޢޫތައް:
1-އޭއައިޖީއިންވެސްޓްމަންޓް: ރ. އުނގޫފާރު ސްކޫލްގައި 8 ކްލާސްރޫމް ތަރައްޤީކުރުން
2-އޭއައިޖީއިންވެސްޓްމަންޓް: ތ. ކަނޑޫދޫ ސްކޫލްގެ ވަށާފާރު ރޭނުމާއި އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން
3-އަލިތޯކޮންސްޓްރަކްޝަންޕްރައިވެޓްލިމިޓެޑް: ލ. ހިތަދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން
4-އަލިތޯއިންވެސްޓްމަންޓްމޯލްޑިވްސްޕްރައިވެޓްލިމިޓެޑް: ރ. ރަސްގެތީމްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލު ތަރައްޤީކުރުން.
5-ސެންޓަލޭންޓްޕްރައިވެޓްލިމިޓެޑް: ށ. ފުނަދޫ ސްކޫލްގެ އެޑްމިން ބްލޮކް ޤާއިމްކުރުން
6-އިވޯކާޕްރައިވެޓްލިމިޓެޑް: ލ. އިސްދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން
7-އިވޯކާޕްރައިވެޓްލިމިޓެޑް: 10 ސްކޫލްގައި ފުޓްސަލް ޓާފް އެޅުމުގެ މަސައްކަތް.
8-ފްލެކްސިންކްޕްރިވެޓްލިމިޓެޑް: ނ. ކުޑަފަރީ ސްކޫލްގައި ސައިންސް ލެބަކާއި 6 ކްލާސްރޫމް ތަރައްޤީކުރުން.
9-ފްލެކްސިންކްޕްރިވެޓްލިމިޓެޑް: ބ. ކުޑަރިކިލު ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
10-ފްލެކްސިންކްޕްރިވެޓްލިމިޓެޑް: ތ. ދިޔަމިނގިލި ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
11-ފްލެކްސިންކްޕްރިވެޓްލިމިޓެޑް: ރާއްޖެގެ 50 ސްކޫލްއެއްގައި މަރާމާތުކުރުމުގެ މަސައްކަތް ކުރުން.
12-ހެވީފޯސްޕްރައިވެޓްލިމިޓެޑް: ށ. ނަރުދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި ކްލާސްރޫމް ތަރައްޤީކުރުން.
13-ހެވީފޯސްޕްރައިވެޓްލިމިޓެޑް: ވ. ފެލިދޫގައި ހުރި ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުން.
14-ހެވީފޯސްޕްރައިވެޓްލިމިޓެޑް: ތ. ކިނބިދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލްއާއި 4 ކްލާސްރޫމް ތަރައްޤީކުރުން.
15-ނޫފަރުއެންޓަރޕްރައިސްޕްރައިވެޓްލިމިޓެޑް: ކ. ހުރާ ސްކޫލްގައި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
16-ނޫފަރުއެންޓަރޕްރައިސްޕްރައިވެޓްލިމިޓެޑް: ފ. މަގޫދޫ ސްކޫލްގައި ހޯލްއާއި ފެސިލިޓީސް ތަރައްޤީކުރުން
17-ނޫފަރުއެންޓަރޕްރައިސްޕްރައިވެޓްލިމިޓެޑް: ތ. ވަންދޫ ސްކޫލްގައި 5 ކްލާސްރޫމް ތަރައްޤީކުރުން.
18-އޮޕްޓިމާހޯލްޑިންޕްރައިވެޓްލިމިޓެޑް: ހދ. ނެއްލާދޫގެ އައު ސްކޫލް އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތް.
19-އޮޕްޓިމާހޯލްޑިންޕްރައިވެޓްލިމިޓެޑް: ޅ. ނައިފަރު މަދަރުޞަތުލް އިފްތިތާޙްގައި 10 ކްލާސްރޫމްއާއި 2 ސައިންސް ލެބް ތަރައްޤީކުރުން.
20-ސޮލެކްސްޕްރައިވެޓްލިމިޓެޑް: ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅުގެ ސްކޫލްގެ އޮފީސް އިމާރާތް ތަރައްޤީކުރުން.
21-ސޮލެކްސްޕްރައިވެޓްލިމިޓެޑް: ނ. ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމްއާއި ލައިބްރަރީ ޤާއިމްކުރުން.
22-ސޮލެކްސްޕްރައިވެޓްލިމިޓެޑް: ދ. ބަނޑިދޫ ސްކޫލްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުން.
23-ސޮލެކްސްޕްރައިވެޓްލިމިޓެޑް: ގދ. ގައްދޫގައި ހުންނަ ގދ. އަތޮޅު މަދަރުސާގައި ސެން ކްލާސްރޫމް ތަރައްޤީކުރުން.
25-ސޮލެކްސްޕްރައިވެޓްލިމިޓެޑް: ރާއްޖޭގެ 15 ސްކޫލްއެއްގައި ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުން.
25-ވަލީދުކޮންސްޓްރަކްޝަން: އއ. މާޅޮހު ސްކޫލްގައި ކްލާސްރޫމްއާއި ސައިންސް ލެބް ތަރައްޤީކުރުން.
މަތީތަޢުލީމުދެމަރުކަޒުތައްތަރައްޤީކުރުން:
26. ސްވިފްޓްއިންޖިނިއަރިންޕްރައިވެޓްލިމިޓެޑް: ށ. ފުނަދޫގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.
27. ސްވިފްޓްއިންޖިނިއަރިންޕްރައިވެޓްލިމިޓެޑް: ޅ. ނައިފަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.
28. ސްވިފްޓްއިންޖިނިއަރިންޕްރައިވެޓްލިމިޓެޑް: ޅ. ހިންނަވަރުގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.
29. ސްވިފްޓްއިންޖިނިއަރިންޕްރައިވެޓްލިމިޓެޑް: ތ. ވޭމަންޑޫގައި އައިޔޫއެމްގެ ކެމްޕަސްތަކާއި ހޮސްޓަލްތައް ތަރައްޤީކުރުން.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެކި ބެޗްތަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިއެރުންތަކެއް ލިބި، ދަރިވަރުންނަށް ފަހި މުސްތަޤްބަލެއް ކަށަވަރުވެގެންދާނެކަމަށް ބެލެވެއެވެ.