ކުލަބު މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްދާ ކުލަބު މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ ރޭ ކުޅުނު ފަހު ހަތަރު މެޗު ކާމިޔާބުކުރީ ކްލަބް 220، ކުލަބު ޑީޖޭއޭ، ޓްރާންސްޕޯޓް އަދި އެފްއާރްސީއެވެ. މި މެޗުތައް ކުޅެފައިވަނީ ރޭގެ ވަގުތުތަކުގައި، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ކްލަބް220އަށްފަސޭހަމޮޅެއް
ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ކްލަބް 220 އާއި އެގްރި ބައްދަލުކުރި މެޗު 4-2 ލަނޑުން ކާމިޔާބުކުރީ ކްލަބް 220 އެވެ. މި މެޗުގެ 9 ވަނަ މިނިޓްގައި އަންސަރު އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ލީޑު ނެގީ ކްލަބް 220 އިންނެވެ. ނަމަވެސް އޭގެ 3 މިނިޓް ފަހުން އެގްރި ޓީމުގެ އައިމަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަކޮށްފައެވެ. އަދި މެޗުގެ 17 ވަނަ މިނިޓްގައި އައިމަން އެގްރި ޓީމަށް 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ލީޑު ހޯދިއެވެ.
އެހެންނަމަވެސް ގާތްގާތުގައި ކްލަބް 220 އިން ގެންދިޔައީ ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މެޗުގެ 22 ވަނަ މިނިޓްގައި މުހައްމަދު ނިޝާހު ކާމިޔާބުކޮށްދިން ލަނޑާއެކު އަނެއްކާވެސް ވަނީ މެޗުގެ ނަތީޖާ އެއްވަރުވެފައެވެ. އޭގެފަހުން އަންސަރު ކްލަބް 220 ގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އެގްރި ޓީމުގެ އުންމީދު ފަނޑުކޮށްލިއެވެ. ކްލަބް 220 ގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި މެޗުގެ ކްލެސިކް މޭންގެ މަގާމު ހޯދި އަންސަރެވެ. އަންސަރު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ޑީޖޭއޭއިންމޮޅުވެ،އަފްފާންހެޓްރިކްހެދި
މުބާރާތުގައި ރޭ އެމްއައިއޭއާރްސީ އާއި ކުލަބު ޑީޖޭއޭ ބައްދަލުކުރި މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ޑީޖޭއޭއިންނެވެ. މި މެޗުގެ ކުރީކޮޅު އެމްއައިއޭއާރްސީގެ ރައުފަތު އަބޫބަކުރު ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމުން ލީޑު ނެގިނަމަވެސް މެޗުގެ 19 ވަނަ މިނިޓްގައި ޑީޖޭއޭގެ އައްފާން ބިން އަހުމަދު ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަކޮށްދީފައެވެ.
މެޗުގެ ފަހު ކޮޅު ޑީޖޭއޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޖުވަދު ސޮލާހެވެ. އަދި ޑީޖޭއޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އައްފާން ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ މުބާރާތުގެ މިހާތަނަށް ފާހަގަކޮށްލެވުނު މޮޅު ކުޅުމެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ކްލެސިކް މޭންގެ މަގާމު ހޯދީވެސް އައްފާނެވެ.
މީގެ އިތުރުން ރޭ ކުޅުނު އެހެން މެޗުތަކުގައި ޓްރާންސްޕޯޓް އާއި އެފްއާރްސީ ވަނީ ފަސޭހަ މޮޅުތަކެއް ހޯދާފައެވެ. މުބާރާތް ކުރިއަށްދާނީ މެޗުތައް އިތުރަށް ގަދަވަމުންނެވެ.
މި މުބާރާތުގައި ރޭ ޓާފް ދޭއްގައި ކުޅުނު މެޗުތަކުގެ ތެރެއިން ކުލަބު އެސްޑީއެފްސީ އާއި ޓްރާންސްޕޯޓް ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެވު 3-1 ލަނޑުން ކާމިޔާބުކުރީ ޓްރާންސްޕޯޓް އާރްސީއެވެ.ޓްރާންސްޕޯޓް އާރްސީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަނާން އަލީއާއި ރައުހާން ރިފާތް އަދި އިބްރާހިމް އަނާން އަލީއެވެ.މި މެޗުގައި އެސްޑީއެފްސީގެ ހުސެއިން ފައުޒާންއަށް ދެއްކި ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ މެޗުގެ 3 ވަނަ މިނިޓްގައި ރެފްރީވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ. އެޓީމަށް މި މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ މެޗުގެ 2 ވަނަ މިނިޓްގައި އަޔާޒް އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑެކެވެ.ޔޫތް ރެކްރިއޭޝަން ކުލަބާއި ފިނޭންސް ރެކްރިއޭޝަން ކުލަބު (އެފްއާސީ) ބައްދަލުކުރި މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ފިނޭންސް އާރްސީންނެވެ. އެ މެޗުގައި ކްލެސިކްމޭން އަކީ ފިނޭންސްގެ އަޒްވާނެއެވެ.ސީއެމްސީ ކްލެސިކްގައި ރޭ ފެހިފަހި އަދި ފިޝަރީޒް ރެކްރިއޭޝަން ކުލަބު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިޝަރީޒް އާރްސީއެވެ. ފިޝަރީޒުން ވަނީ މި ނަތީޖާއާއެކު ގަދަ 16 ގެ ޖާގައެއް ހޯދާފައެވެ. މި މެޗުގެ ކްލެސިކް މޭންއަކީ ފިޝަރިޒްގެ ޒާހިދުއެވެ.