navLogo

ދިއްލީގެ އެތައް ސުކޫލަކަށް ބޮމުގެ އިންޒާރުތަކެއް!

ދިއްލީގެ އެތައް ސުކޫލަކަށް ބޮމުގެ އިންޒާރުތަކެއް!
redhan online
މަރިޔަމް

އިންޑިއާގެ ވެެރިކަން ކުރާ ސިޓީގެ ގިނަ ސުކޫލުތަކަށް ބޮމުގެ އިންޒާރުތަކެއް ދީފިއެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފޯނު ކޯލުތަކުން ބޮމުގެ އިންޒާރު ދީފައިވާއިރު އެ ސަރަހައްދުގެ ބޮޑު ބައެއްގައި މިހާރުވަނީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށް އެހިސާބުން މީހުން އެހެން ސަރަހައްދު ތަކަށް ގެންގޮސްފައެވެ.

ބޮމުގެ އިންޒާރު ދީފައިވާ ސުކޫލުތަކުގެ ތެރޭގައި ދިއްލީގައި ސަރުކާރުން ހިންގާ ސުކޫލެއް ކަމަށްވާ ދުވަރްކާ އާއިކުރިޝްނާ މޮޑެލް ޕަބްލިކް ސުކޫލާއި އަދި ސަވޯދްޔާ ވިދްޔަލަޔާ ހިމެނެއެވެ. ހަބަރު ލިބުމާއި އެކު ފުލުހުންގެ ޓީމަކާއި ބޮން ނައްތާލަން މަސައްކަތް ކުރަން އުޅޭ ޓީމެއް އެ ތަނަށް ގޮސް ހާލަތު ބަލަމުން ދެއެވެ.

ޑީޕީއެސް ޑުވަރްކާގެ މެނޭޖްމެންޓްއިން އިއުލާން ކޮށްފައިވާ ގޮތުގައި އެސުކޫލު އެއް ދުވަހަށް ބަންދު ކުރެވިފައިވާ ކަމަށާއި . މި ނިންމުމާއި އެކު ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލު ކުރެވިފައިވާ އިމްތިހާނު ފަސްކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އަލުން އިމްތިހާނު ބޭއްވޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ވާހަކަވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

ސުކޫލުތަކުގެ ދަރިވަރުންނާއި މުއައްޒަފުން ސަލާމަތުން އެހިސާބުން ދުރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިއްލީގެ ކިޔަވާދޭ މަރުކަޒު ތަކަށް އަމާޒުކޮށްގެން ދެވިފައިވާ އިންޒާރުގެ ތެރެއިން މި މަހުގެ ނުވަ ވަނަ ދުވަހުގައިވެސް ވަނީ ޔުނިވަރސިޓީ ކޮލްޖް އޮފް މެޑިކަލް ސައިންސް އަށް އީމެއިލް މެދުވެރިކޮށް ބޮމުގެ އިންޒާރު ދީފައެވެ. އަދި މި އިންޒާަރާއި އެކު އެސަރަހައްދަށް ކަމާ ބެހޭ ފަރާތްތަކުން ގޮސް ބެލުމަށްފަހު ބޮމުގެ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް ބުނެފައިވެއެވެ.

އަދި މި އިންޒާރު ތަކަކީ ބިރު ދެއްކުމުގެ ގޮތުން ދެމުންދާ އިންޒާރު ތަކަކަށް ވެފައިވީ ނަމަވެސް މި ފަދައިން އަންނަ ކޮންމެ ކޯލެއް ވެސް ސީރިއަސް ކޮށް ނަގާނެ ކަމަށާއި އަދި ބިރު ދައްކަމުން ދާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމުގައި ކަމުގައި ފުލުހުން ބުނެފައިވެއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356