ބަނބުކޭލަކީ އޭގައި އެތަކެއް ކާއެއްޗެއްތައްޔާރުކުރާ ރާއްޖޭގައި ހެދޭ މޫސުމީ ތަރުކާރީއެކެވެ. ބަނބުކެޔޮ ރިހައަކީޒަމާނުންސުރެ ދިވެހީންގެ ތެރޭގައި ވަރަށްބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާރިހައެކެވެ.
މިއީ ބަތާއި، ރޮއްޓާއެކުވެސް ކާލަންވަރިށްމީރު ރިހައެކެވެ.
ތައްޔާރު ކުރުމަށް: 15މިނެޓް މިނެޓް
ކެއްކުމަށް: 30މިނެޓް މިނެޓް
ޖުމްލަ ވަގުތު: 45މިނެޓް މިނެޓް
3 ޖޯޑު ބަނބުކެޔޮ (މަށާފަ 1 އިންޗި ވަރަށް ކުދިކޮށްކޮށާފައި)
5 ޖޯޑު ފެން
¼ ޖޯޑު ހިކަނދި ފަތް
1 ޖޯޑު ފިޔާ (ކުދިކުދިކޮށް ކޮށާފަ)
1½ ޖޯޑު ކާށި ކިރު
1½ ޖޯޑު ވަޅޯމަސް (ކޮށާފަ) / (ނުވަތަ 1 މަސްދަޅު)
3 ރާނބާ ފަތްކޮޅު (2 އިންޗި ހުންނަ)
1 މޭޒުމަތީ ސަމްސާ މިރުސް (ކުދިކުދިކޮށް ކޮށާފަ)
1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފަ)
½ މޭޒުމަތީ ސަމްސާ ރީނދޫ
3 ލޮނުމެ (ގާނާފަ)
3 ފޮތި ހުތްއަނބު
ރަހަލާވަރަށް ލޮނު ކޮޅެއް
ތެއްޔަކަށް ފެންފޮދުއަޅާފަ ކައްކަން އުދާށެވެ.
ފެން ކެކެން ފެށީމަ ކާށިކިރު ފިޔަވާ އެހެން ހުރިހާ އެއްޗެއްއަޅާލާށެވެ.ތެލީގެ މަތި ޖަހެމަށްފަހު މެދުގިނީގަ ކައްކާލާށެވެ.މިގޮތަށް ބަނުކެޔޮތައް ރަނގަޅަށް ރޯފިލަންދެން ކައްކާލަން ވާނެއެވެ.(ބަނބުކެޔޮތަށް ހުންނަން ވާނީ މަޑުވެފައެވެ.)
ރަނގަޅަށް ކެކުމުން، ގިނި މަޑުކޮށްލާށެވެ. ކާށި ކިރު އަޅާލާށެވެ. އެއަށްފަހު މަޑު ގިނީގައިއިރުކޮޅަކު ބަހައްޓާލާށެވެ.
އުނދުނުން ބާލާ، ކުޑަކޮށް ހިހޫ ވަންދެން ބަހައްޓާލާށެވެ.